ހޯއްދަވާ

Monday, 10 August 2020

އިންޓަވިއުއަކަށް ތައްޔާރުވާންޖެހޭ މައިގަނޑު 3 ސުވާލު



އިންޓަވިއުތަކަކީ ހާސްވާކަމަކަށް ވުމުން އެކަމަށް ތައްޔާރުވުމަށް ދުވަސްކޮޅެއް ހޭދަކުރަން ޖެހެއެވެ. ނަމަވެސް ކުރާނެ ސުވާލުތަކާއި އަދި ކަންތައް ވާނެގޮތް ލަފާކުރުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. އަޅުގަނޑުމެން ގިނަފަހަރަށް ތައްޔާރުވަނީ ކުރިމަތިވާނޭ ކަހަލަ ސުވާލުތަކަށެވެ. މިހެންވުމުން ބައެއްފަހަރު މާ ބޮޑަށް ތައްޔާރުވެވޭ ގޮތް މެދުވެރިވެއެވެ.
އަންނަނިވި ތިން ސުވާލަށް ތައްޔާރުވުމުން އިންޓަވިއުތަކުގައި ކުރާނެ ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނެއެވެ. ޖުމުލަކޮށް ހުރިހާ ސުވާލެއްވެސް ނިމޭނީ މި ތިން ސުވާލަށެވެ.

---- ވަޒީފާ އަދާކުރުމަށް ތައުލީމާއި ތަޖުރިބާ ލިބިފައިވޭތޯ؟
 މީގައި ބަލަންޖެހޭނީ ވަޒީފާއާއި ގުޅޭ އިލްމާއި ތައުލީމާއި އަދި ތަޖުރިބާ ތިބާއަށް ލިބިފައިވާ މިންވަރަށެވެ. މި ސުވާލަށް ތައްޔާރުވުމުން، އެހެނިހެން އިންޓަވިއު ސުވާލުތަކަށް އެހީއަކަށް ވެއެވެ. އޭގެތެރޭގައި..
--- ތިބާގެ ތައާރަފެއް ދެއްވަވާ؟
--- ތިބާގެ ހުރި ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން؟
--- އެހެން މީހުންނާއި ތަފާތު ކޮންކަމެއްތޯ ކުރެވޭނީ؟
--- ތިބާ މިވަޒީފާއަށް ގާބިލްވީ ކީއްވެތޯ؟
--- ކުރިމތިވާނެ މުހިއްމު ކަންތައްތަކަކީ ކޮބާ؟

---- މި ވަޒީފާއަށް ޝައުގުވެރިވެ އޮފީހަށް އައިސް ވަޒީފާ އަދާކުރަން ބޭނުންވޭތޯ؟
އޮފީހާއި ބެހޭގޮތުން ލިބިފައިވާ މައުލޫމާތާއި ވަޒީފާ އާއި ގުޅޭ ކަންކަން ބަލައި އެކަންކަމަށް ޝައުގުވެރިވާ މިންވަރު ދެނެގަތުމެވެ. މި ސުވާލަށް ވެސް ތައްޔާރުވުމުން، އެހެނިހެން އިންޓަވިއު ސުވާލުތަކަށް އެހީއަކަށް ވެއެވެ. އޭގެތެރޭގައި..
--- މި އޮފީހާއި ބެހޭގޮތުން އެނގެނީ ކޮންއެއްޗެއް؟
--- މި އޮފީހުން ހާސިލް ކުރަން ބޭނުންވާ ލަޑުދަނޑި އެގޭތޯ؟
--- މި އޮފީހުންދޭ ހިދުމަތް އެގޭތޯ؟
--- މި އޮފީހުގައި މަސައްކަތް ކުރަން ބޭނުންވަނީ ކީއްވެ؟
--- މި ވަޒީފާއަކީ ތިބާއަށް ރަނގަޅު ވަޒީފާއެއް ތޯ؟
--- ޝައުގުވެރިވީ ކީއްވެ؟

---- އޮފީހުގެ ސަގާފަތާއި އެހެންމީހުންނާއި ގުޅޭނެތޯ؟
ތިބާގެ ސަހުސިއްޔަތާއި ފެންނަ ފެނުމެވެ. އަދި އޮފީހުގެ ސަގާފަތާއި ޓީމްތަކަށް ގުޅޭ ގުޅުމެވެ. ކޮންމެ ތަނެއްގައި ވެސް ވަކި ހާއްސަ ސަގާފަތެއް އޮންނާނެއެވެ. އެއަށް ހޭނުމަކީ ވަރަށް މުހިންމު ކަމެކެވެ.
މި ސުވާލަށް ވެސް ތައްޔާރުވުމުން، އެހެނިހެން އިންޓަވިއު ސުވާލުތަކަށް އެހީއަކަށް ވެއެވެ. އޭގެތެރޭގައި..
--- ތިބާ މަސައްކަތް ކުރާނެ ގޮތް ބުނެދިނުން؟
--- ތިބާގެ ތަފްސީލެއް ބުނެދިނުން؟
--- ރަހުމަތްތެރިން ތިބާގެ ތަފްސީލެއް ދޭނީ ކިހިނެތް؟
--- ތިބާ މި އޮފީހައް އެކަށީގެންވަނީ ކީއްވެތޯ؟
--- ޓީމު މީހަކަށް ތިބާ ރަނގަޅީ ކީއްވެތޯ؟
--- ތިބާ އަކީ ޖަނަވާރެއް ނަމަ އެއީ ކޮންއެއްޗެއްތޯ؟